ދެ ސަފިދޭތެރެ ހުސްޖާގަ ނިބޭވުން

މާލެ އަތެޅެ ވިލިގީލެ މިސްކިދަކާއި އަލައް ހަވާލަވީ މުދިމަކާ އެންމެ ފެރެތަމާއް އެ މިސްކިދެ އިމާމުވެ ނަމާދަ ކެޑެ ދުވަހި ބަންގި ދެރެފެއި ސަފަހަދާއް ތެދުވިފެއި ކޭފި ރަސޫލު ސައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތާއި އެއްގޮތައް އެންމެންނަސް ދެސަފި ދޭތެރެ ހުސްޖާގަ ނިއޮންނަ ލެކައް ސަފަ ހަދާއްކެން. މި ދުވެހި މައުމޫމުވެ ނަމާދަ ކެޑެ މީހުންގެ އެތެރުން އެހެކަކީ ހަސަން މަނިކު. ޖެހިގެން އާރެއްޔަސް އެމިސްކިދައް ހަސަން މަނިކު ނަމާދާއް ގޭމެއި މިތާނިޔާ އިވިގެ. ނަމާދައިން ނިމިގެން ހަސަން މަނިކު ތެބެހިށެއި މުދިންމީހާ މިސްކިދުން އެރޭތިކޮއް. އާމެއި ކޭފި ތިމާ މިހިންނައި ކުދު އެއްތައް އޮޅުންފަލުވާއްވެގެނާއު. މުދިންމީހާ ކޭފި އެހެންމެއި އަވަސްކެރާއްކެން.

ހަސަން މަނިކު އަހުވަފި ބަލަ ޝޭޚު އައު. ރަސޫލާ ހަދީސު ކުރެއްވި ލެކައްތައު ތެކޭނީ ދެ ސަފި ދޭތެރެ ހުސްޖާގަ ނިބާއި ސަފަ ހަދާއްކެން. މުދިންމީހާ ކުދުކޮއް ވިސްނަފެއި ކޭފި ހާނ އެހެނާއު ސުންނަތި އޮންނައި. ހަސަން މަނިކު ކޭފި ތިމާ މެހެން އެހުވީ ދެސަފި ދޭތެރެ ހުސްޖާގަ ނިބާއި ސަފަ ނިހެދޭހެއްކަމައް ފެނޭތިޔައު. ހެދޭފެހެނާ އެލެއް ތިމާށަސް ކޭއި ދެރެފެލާއްކެން. މުދިންމީހާ ވަރައް ވިސްނަފެއި ކޭފި ތޭ ހެއު އެއްތަކާއު. ތިމާއް މިކިޔެނީ އަދި މިޅިން ރަނގަޅާކައް ނުނާއު. ހެއުލެކަކީ ސަފަ ހަދާކޯ ދެވެރިންގެ ދޭތެރެ ހުސްޖާގަ ނިބޭވުމާއު.

މިހިސާބައް ވާހަކަ ގޭމެއި މުދިންމީހާ އަހުވަފި އެނައްކޯ ތޭ ކޮން ބޭފުޅަކާތައު. ތިމާއް ކިޔެމުން މިއޭ ހޮޅި އެއްތާ ހެއުކޮއްދިނީ ކަންކާކަމަސް އަދި އޭ ކޮން ޝޭޚަކާކަމަސް އެނގޭއްވޭހެއް ނުންތައު. ހަސަން މަނިކު ކޭފި މީ ހަސަން މަނިކު ބިން ތުއްތުމަނިކުމާއު.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!