ދައުލަތުގެ ބަޖެޓް ބިލެއްގެ ގޮތުގައި ހުށަހެޅުން

“ބަޖެޓް”
މިބަސް އުފެދިފައިވަނީ މުސްކުޅި ފްރެންޗްބަހެއް ކަމުގައިވާ “ބުގެޓް” މިބަހުންނެވެ. މީގެ މާނަޔަކީ “ކުޑައަތްދަބަސް” އެވެ. އެހެންނަމަވެސް މިޒަމާނުގައި “ބަޖެޓް” މިބަސް ބޭނުންކުރެވެނީ އަންދާޒާކޮށް ރާވާލެވިފައިވާ، ޚަރަދާއި އާމްދަނީގެ ލިސްޓަކަށެވެ. މިގޮތަށް ބަޖެޓެއްގެ ސިފައިގައި ރޭވުމުގެ މަޤްޞަދަކީ އެކިއެކި ކަންކަމަށް ޚަރަދުކުރުމާއެކު ފަހަށް ރައްކާކުރުމެވެ.

ސަރުކާރުގެ ބަޖެޓަކީ ޢާއްމުކޮށް، ޤަޥްމުތަކުގައި، ރައްޔިތުންގެ މަޖިލިހުން ފާސްކުރެވޭ، އަދި ދައުލަތުގެ އިސްވެރިޔާ ތަސްދީޤުކުރާ ޤާނޫނީ ލިއުމެކެވެ. މިސާލަކަށް ބަޖެޓް މެދުވެރިކޮށް ބައެއްކަހަލަ ޓެކްސް ނެގިދާނެ އެވެ.

ބަޖެޓަކީ ޚަރަދުކުރުމާއި އާމްދަނީ ލިބޭނެ ގޮތްތައް ރާވާލެވިފައިވާ ލިއުމަކަށްވާއިރު، އާމްދަނީ އާއްމުގޮތެއްގައި ހޯދެނީ ޓެކްސް ފަދަ އެއްޗެހިން ކަމަށް ވުމުން، ސަރުކާރުގެ ބަޖެޓަކީ ރައްޔިތުންގެ މަޖިލިހަށް ބިލެއްގެ ގޮތުގައި ހުށަހެޅި ފާސްވުމުން ރައީސް ތަސްދީޤުކުރާ ޤާނޫނަކަށް ވުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި ދިވެހިރާއްޖޭގައި މިކަން މިއުޞޫލުން ކުރުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ފެނެއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ މިހާރުގެ ޤާނޫނު އަސާސީ އެކުލަވާލެވިފައިވާ ގޮތުން ވަރަށްގިނަ ކަންތައްތަކަކީ ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނެއް މެދުވެރިކޮށް މެނުވީ ނުކުރެވޭނެ ކަންތައްތަކެވެ.

އެހެންކަމުން އަޅުގަނޑު ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މިގޮވާލަނީ ވީހާވެސް އަވަހަކަށް ސަރުކާރުގެ ބަޖެޓާބެހޭ ޤާނޫނެއް ފާސްކޮށް ކޮންމެ އަހަރެއްގެ ބަޖެޓަކީ މަޖިލިހުން ފާސްކުރެވޭ ޤާނޫނަކަށް ވާނޭގޮތް ހަމަޖައްސަވައި ދެއްވުމަށެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!