އައްޑޫބަހުން ކުރުވާހަކަ 7 – ހިކިބިލައްގޭ އައްލާ އެޑި ފީފުވައްގެ

ހިތަދޫ ބޮނޑަ އިސްކޯލަކި ދީނިއްޔާތު ކިޔަވައިދޭ މުދައްރިސައް ދާދިފަހުން އައު ގެޔައް އެޑަލި. މިގޭ އެޑައި ހުށިހެއިކަމައް ނިންމަލައި ގޭ ރަޖިސްޓަރީ ކެރާއް އޮފީހައް އެބެގެ. އައުގެއް ދެރެފެއި އޮއް ނަމަކީ ފީފުވައްގެ.

އޮފީހެ މީހާ ކޭފިޔަ ބަލަ އައްލާއު. މިކަހަލެއި ނަމައް ގެޔަކައް ކޭއް ހެވަސް ނިވޭށިޔައު. މީކޮން ފީފުވަކައްތައު. ތިމާފިރިން ތެނަން ރަޖިސްޓަރީއަސް ކޮއްނިދޭށުމާއު. ގެޔައް އެޑިޔަސް ހަމަ ހިތައް އެރިހެއި ނަމައް ނިކިޔޭށިޔައު. ވީމެއި މިނުން އެހެން ނަމައް ހޯދަގެން އޭއްކެން.

އައްލާ ކޭފި އެހެންތައު. މީހަކާ މިނުން އެހެން ނަމައް މިގެއް ނިކޭށިޔައު. މީހަމަ ފީފުވައްގޭ އައު. ތެވެރިން ހިތައް އެރިމެއި މިނަން ގޯސްވެފެއި ހިތައް އެރިމެއި ހެއުވެފައި މީދެން ކޮން ހަމާއްތައު. މިނަން ރަޖިސްޓަރީކޮއް ނިދެރެ ފަރިނިޖެހޭށިޔައު. ތިމާ މިފަހަރަ ދޫނިކެރާށުމާއު. މިނަމަކީ މިގެއް ކޭއް އެންމެ ހެއުނަންކަން ތިމާ ސާބިތަސް ކޮއްދެރެފޭށުމާއު.

އޮފީހެ މީހާ ކޭފިޔަ ތެނަން ހެއުވޭއްޖެހޭ ސަބަބަކީ ކޮބާތައު. އައްލާ ކޭފި. ތިމާގެ ބައްޕާ މީގެ ފުރެއި އަހަރަ ކުރިން ގެޔައް އެޑަލާއި ރޯޝަނީވިލާ އައު ކޭފެއި ނަން ދެރެގެން ހަމަ މިއޮފީހައް އާމެއި ތެވެރިން އެނަން ރަޖިސްޓަރީ ކޮއްނިދިނާއު. ކޮން ރޯޝަނީއައްތައު ކޭފެއި ތެވެރިން އަމެއްލާއް އެގެއް ހިކިބިލައްގޭ އައުކޭފެއި ނަންދެރެފެއި ތެވެރިން އަމެއްލާއް ރަޖިސްޓަރީއަސް ކޮއްދެރެފިޔައު. ބައްޕާ ނިލާހިކާސް ރިވެތި ނަމައް ހިފަގެން އާމެއި ތެވެންނައް އެނަން ކަމި ނިގެޔައު. ތެވެންނައް ކަމިގެއި ހިހިބިލައްގޭ ކޭފެއި ނަން ދޭށާއު. ރޯޝަނީކަން ހިންނައް ޖެހެނީ ހުސް ތެވެރިންގެ ގޭގޭކަން ތެބެ އެނގެއި ނުންތައު. މިކަލަސް ބަލަފެލާއްކެން ބީޗުވިލާކާއި ސަންސެޓުވިލާކާއި ފަތިސް ހަނދަވަރަގޭ ކަހަލެއި ނަންނަން ދެރެގެން ނުންތައު ތެވެރިން ތެތިބީ. ތިމާފިރިން ކަހަލެއި ނިކަމެއްތަކާމެން ރޯޝަނީވިލާ އައު ކީމެއި ތެވެންނައް އެއްގޮތަކިޔަސް ކަމިނިގެޔައު.

ތިމާކީ ތެވެރިން ރޯޝަނީ ނިކެރާއްވެގެން ހިކިބިލައްގޭ އައުކޭފެއި ރަޖިސްޓަރީކޮއްދިން ގެއް ވެހައި ބޮނޑަވީ މީހަކާމާއު. ވީމެއި ހިކިބިލައްގޭ މީހަކާ އައުގެއައް އެޑިޔަސް ދިރުމައް ރޯޝަނީކަމައް ހިށަގެން ނިވޭށިޔައު. ހިކިބިލައްގޭ މީހަކާ ގެޔައް އެޑިފެހޭ އޭ ފީފުވައް ގޭއައު. މީޔައު މިނަމި މިގޭ ރަޖިސްޓަރީކެރާއް ޖެހޭ ސަބަބަކީ.

އޮފީހެ މީހުން ހަމަ އަންތަރީސްވެގެ. އެވެރިން ރަނގަޅާއް ބެލިކޯ މިކަން ހިނގަފެއި އޮތީ ހަމަ އައްލާ ކޭއިދިން ގޮތައް. އެހެންފެހެނާސް ހިކިބިލަތާއި ފީފުވަކާއި ލާގެން ދޮހުމަކީ މިޒަމާނި އެހެކާސް ކެރާކަމައް ނުނާއު އެހެން ކޮންމިޔަސް އައުނަމައް ހިފަގެން އޭއްކެން ކޭފެއި މިވެރިޔަ އައްލާ ފެނޑުވަލިޔަ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!