އަފިރިންގެ މިކަލުގެ ހާލަ

އިހުވޭޑެނެ ގޮއްތައް “ކަޑަވެ” އިހު މީހުނަސް “ކަޓު”ވެގެ މިޅިން
އިހު ރިވެތި ގޮއް ހުތުރައް ވެގެން މިޒަމާން އޮތީ އާއްސެއި ސަފުން

އެހެނަސް ފުތާ ދިޔެ އަޑައަހައު ވޭނޑެނެ އެލެއް މާރިވެތި އައު
ބެނިޔަސް ހިތަށް ނިއަރާ އުފާވެރިކަން އެކޯ ލިބެނެއި މެހެން

އެހެކާ އެނެހެކާއް ދެރެ އެހީ ރަހުމާއި ކުލުނާ ގާއްކަމާއި
އެހެކާސް ނިކޮއް ބާކީ އަވަށި ތިބެނީ އެކެތި ގަނޑަކަށް ވެގެން

ތާހާއި ބައް ވަތިއެލި ކަހާ އަޑައިވެނެމެއި އެންމެން އެނީ
ތާހާ ފުރެއި ބައް ހިފަގެނާއު ބައް ނެއް ކަމަށް ހީކޮށް ސަފުން

ބަލިިއައް ކަމައް ލައިގައް ފެހޭ ރައްޓެހި އަވަށި ގާއް މީހަކާ
ހަލިއުދުރު އުދުރައް ގޮސް އެހީތެރިކަން ދެނީ ހިއު ހެއުކަމުން

މާބަނޑިވެގެން ކޫދައް ވެހާއް ޖެހިގޭފެހޭ އެކަމައް ޓަަކައި
މާބޮނޑޮ ލޮޓާއި ޑަބިޔާ ފުރެއި ގެށިވެށި ހެދީ އެންމެން ވެގެން

އަޅިބެނޑި އެޑާއް ބަންކެއު ފަތާއި އަދި ފައްފެލާވެލި ބޭސް ހަދާއް
ކަޅިބިތެ ހިނގައި ހޯދައި މިކަންތެތި ކޮއްދިނީ ކޮއްދޭހިތުން

ކިޔަވައިދެނީ ދައިތާ ކަމުން ދައިތާއް ނިކަން ބިރިގަންނެހެއް
ކިޔަވައިދިނީ ލޯލާރިއައް ނިނަގައި ހިލެއި ހިށި ގާއް ކަމުން

ނޫކަށިފެރައި ލާނައް ކުދިން އެއްގެން އެނެއްގެއު ހިނގިފެހޭސް
ދޫކޮއްނިލައި ހިފަގެން ތިބީ ބައްޕާ އަމާ އެޑި ބިންގަލުން

އެޒަމާން މިކޯ ނިމިގެން ފަހުން މިޒަމާން މިއާކޯ ވީގޮތުން
މިޒަމާން މިބައްދަލަދެން ކެޑެއި ގަރުނައު އެކާވީސް ނަން ދެމުން

ކޮއިޔާ ބެނަން މިއަކައް ނިކޭއި ތަހުޒީބަކާއު އެއްލެހެކިއަސް
ކޮއިމެން ނިކަން ބަލަ ހެއިއަރާއްވީ މިކަހަލެއި ކަންތެތި ތަކުން

ކާނލޯއި ކަލޯއި އެއްބަނޑިވިއަސް ގުޅުމަށް ނިބާއްވައި ވޭނޑެނީ
ލޯލާއި ބަލައިއަސް ހަމަ ނިލައި މިލެކައް މެހެންވީ ދުރުކަމުން

ނިއެދެއި ލިބޭކައް އެނެހެކާއް ކުދުކުދު ވިއަސް ހެއު ނިއުމަތައް
މިނެދެއި އެބާކިން މިނެހަދާ ނާޅިން މިކޯ ހިތް ބުރަކަމުން

ދެބަނޑައް ފުރެއި ކާގެން ތިމާމެން އިހައިހައި ބަލަ ވޭނޑެނަސް
ނިބަލައި އަވަށި ދެން ތިބިކަމައް ނިކަމެތި ފަގީރުން އަމުދަކުން

ނުވަމަސް ދުވެހި ބުރަ އުފުލަގެން ވެހި މާއް އަމާއް ލަދަކަސް ނިގަނި
ދުވަހަކި ހިތައް ނިއަރާ ހުތުރު ބަސް ބެނެ ހެދީ މާމުޅު ކަމުން

އަނގައިން ބެނާ އެއްކެމި ބަހާއި އެއްކޮއް ތަޅައި ހަޅަތާލިކޮއް
ހަނގަ ދޭށެ އަދި ހެވަކާ ނިބެއި ނިބަލައި މެރީ ނިލަފާ ކަމުން

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!