މީދޫގައި ޖަލެއް އެޅުމާ ދެކޮޅަށް އެރަށު ރައްޔިތުން މަސައްކަތްފަށައިފި

މީދޫ އިރުމަތީ ފަރާތުގައި އޮތް ބިމުގައި ކުށްވެރިން ބައިތިއްބާ ޖަލެއް ޤާއިމު ކުރުމަށް ސަރުކާރުން ޤަޞްދުކޮށް އެކަމުގެ ނިންމުންތައް ނިންމައިފި ކަމުގެ އަޑު އިވުމާއިގުޅިގެން، މީދޫގެ ރައްޔިތުން އެ ރަށުގައި ޖަލެއް އެޅުމާއިމެދު ނުރުހުން ފާޅުކޮށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްފަށައިފިއެވެ.

އެ ރަށު ޖަމިއްޔާއައެއް ކަމުގައިވާ ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓުން ނޫސްބަޔާނެއް ވެސް ވަނީނެރެފައެވެ. މީގެ އިތުރުން އައްޑު އަތޮޅުގެ އެތައް ޖަމްއިއްޔާ ތަކުން މީދޫގައި ކުށްވެރިން ބައިތިއްބާ ޖަލެއް އެޅުމާއި މެދު ދޮކޮޅު ހަދާކަމަށް ޚަބަރުލިބެއެވެ.

މީދޫގެ އިރުމަތީ ފަރާތުގައި އޮތް ބިމަކީ ޒަމާނުއްސުރެ ދަނޑުވެރިކަމަށް ޚާއްޞަ ކުރެވިގެން އެބިމުގެ ބައެއްގައި ރުއްގަސް އިންދައި، އަނެއްބައިގައި ދަނޑު ގޮވާންކޮށްގެން ރަށުގެ ރައްޔިތުންނާއި އަތޮޅުގެ އިތުރު އެތައް ބަޔަކު ކައިބޮއި އާމްދަނީ ހޯދަމުންއައި ބިމަކަށްވެފައި، މިހާރުވެސް އެބިމުގައި ދަނޑު ގޮވާންކޮށް އާމްދަނީ ހޯދަމުންދާ އެތަކެއް އާއިލާއެއް އެ ރަށުގައި ދިރިއުޅެމުންދެ އެވެ. އެރަށުގެ ރައްޔިތުންނަށް އުނިކަމެއް ލިބޭ ފަދަ އެއްވެސް ގޮތަކަށް ރަށުގެ ދަނޑު ބިމުގެ ބޭނުން އެއްވެސް ފަރާތަކުން ކުރުމަކީ މީދޫގެ ރައްޔިތުން ރުހޭ ކަމެއް ނޫނެވެ.

ދިވެހިރާއްޖޭގައި މިހާހިސާބަށް ކަންތައް ހިނގާފައިވާގޮތަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ޖަލުތައް ހަދައި، އެތަންތަނުގައި ކުށްވެރިން ގެންގުޅުމުން ދިމާވެފައިވާ އިޖުތިމާޢީ މައްސަލަތަކާއި ބިރުވެރިކަން އެ ރަށްރަށުގެ ވަޒަންވެރިން ވަނީ ވަރަށް ހިތިކޮށް ތަޖްރިބާކޮށްފަ އެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!