Category: ތިމާވެށި

0

އައްޑޫ މީދޫ ފަޅުތެރޭގައިވާ ރަށްފަތީގެ އެހާރާއި މިހާރު

ފަށައިގަތުން މީދޫ މައިފަޅު ތެރޭގައި ތަންކޮޅެއްކުރީން ހުރި ބައެއް ފަޅުރަށްރަށް ނެތިގެން ފުހެވިގެން ގޮސްފައިވާކަން އެގޭހެއްޔެވެ. އެއްރަށް އަނެއްރަށާއި ގުޅި ޖިއޮގްރަފީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެގޭހެއްޔެވެ. ނެތިގެންގޮސްފައިވާ ރަށްރަށް ހުރި ތަންތަނާއި އެރަށްރަށުގެ ނަމަކީ ކޮބައިކަން އެގޭހެއްޔެވެ. މީދޫގެ ހުޅަނގުއުތުރުން ފެށިގެން މާކަނޑާ ހަމައަށް ދެމިގެން...

0

މީދޫ މަތިކިޅިއާއި ޗަސްބިމުގެ ވަނަވަރު 2

ހަނދާން ނައްތާލައި އިހުމާލުކުރެވިފައިވާ ކުޅިއެއް މީގެ ތިން އަހަރެއްހައި ދުވަސް ކުރީން ރާއްޖޭގެ ޗަސްބިންތަކާއި ކުޅިތައް ހިމާޔަތްކޮށް އެތަންތަނުން އިގްތިސާދީ މަންފާ ހޯދުމުގެ ގައުމީ ސިޔާސަތެއް އެކަށައަޅައި މަޝްރޫއުތަކެއް ހިންގާން ފެށުނެވެ. ފުރަތަމަ މަޝްރޫއު ފެށީ ހިތަދޫ އީދިގަލި ކުޅީގައެވެ. މީގެ އިތުރުން ފުވައްމުލަކު ކުޅި ހިމާޔަތްކޮށް...

0

މީދޫ މަތިކިޅިއާއި ޗަސްބިމުގެ ވަނަވަރު 1

ތައާރަފް ދިވެހިރާއްޖޭގެ ބިންބޮޑު ބައެއްރަށްރަށުގެ ބޮޑުބަޔަކީ ކުޅިތަކާއި ޗަސްބިން ނުވަތަ ވެޓްލޭންޑެވެ. މިގޮތުން އައްޑޫ މީދޫ ބިމުގެ ގާތްގަޑަކަށް ތިރީސް އިންސައްތަޔަކީވެސް ކުޅިއާއި ޗަސްބިމެވެ. މިއީ ރަށުގެ ނިސްބަތުން ވަރަށް ބޮޑު ސަރަހައްދެކެވެ. އެހެންނަމަވެސް ޗަސްބިމުގެ ވަރަށް ކުޑަ ސަރަހައްދެއްމެނުވީ މަންފާ ލިބެނިވި ކަމަކަށް ބޭނުމެއް ނުކުރެއެވެ....

0

މީދޫ ގަނޑޮވަރިފަންނުގެ ވެށި

ނޯޓް : މިލިޔުމަކީ ރަށުގެ މާހައުލުގެ ޚާއްސަ ތަންތަނާއި އެތަންތާގައި ހިމެނޭ ތަފާތު ބާވަތްތަކުގެ ދިރުންތަކާ ބެހޭގޮތުން ލިޔެފައިވާ ލިޔުމަކަށްވާތީ އެފަދަ ޚާއްސަ ނަންތައް ރަށުމީހުން ކިޔައި އުޅޭ ގޮތަށް ބޭނުންކޮށްފައި ވާނެއެވެ. އެއީ އެބަސްތައް ރައްކާ ކުރުމާއިއެކު ރަށުގެ ކޮންޓެކްސްޓުން ލިޔުނީމާ މޮޅުވާނެ ކަމަށް ބަލައިގެންނެވެ....

0

ބޮޑުދޮންވެލިގަޑު

ކޯގަންނު ގަބުރުސްތާނުގެ އުތުރުކޮޅުން ފެށިގެން ހޭޅިފަށާއި ދޭތެރޭގައި ފުޓުބޯޅަ ދަނޑެއްވަރުގެ ހުސްތަންކޮޅެއް އޮވެއެވެ. ގާތްގަޑަކަށް ފަންސާސްހާސް އަކަފޫޓުގެ މިތަންކޮޅަށް ކިޔައިއުޅެނީ ބޮޑުދޮންވެލިގަޑެވެ. މިތަންކޮޅުގައި ވިނައެއް ނުހުރެއެވެ. ހުންނަނީ މުޅިންވެސް ވެއްޔެވެ. ޖޫނިއަރ ޖަންގަލީ ކުލަބުގެ ޒަމާނުގައި މިއީ އެކުލަބުގެ ރަސްމީ ފުޓުބޯޅަދަނޑެވެ. ވެލިގަނޑު މަޑުވެފައި ހިސާބަކަށް ގަނބާތީ...

error: Content is protected !!